ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާގުޅޭ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހިންގާ ދިވެހިރާއްޖެއަށް ބާނާ ކަނޑުމަހާއި ކަންނެލީގެ ބައޮލޮޖިކަލް މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމުގެ ދަށުން، ލ.މާންދޫ މަސްގަންނަ ބަނދަރަށް ލަފާ ދޯނިފަހަރުން ގެންނަ މަހުގެ މަޢުލޫމާތު ނެގުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)30-C/1/2016/8 އާ ގުޅިގެން އެކަށީގެންވާ މިންވަރަށް ސިޓީ ހުށަހަޅާފައިނުވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ބޭނުންވާ އަދަދު: 02
މުއްދަތު: 31 ޑިސެންބަރު 2016 ގެ ނިޔަލަށް (އެގްރީމަންޓް ކުރެވޭ ދުވަހުން ފެށިގެން)
މަސައްކަތް ކުރަންޖެހޭ ވަގުތު: ހަފުތާއަކު ފަސްދުވަސް
މަސައްކަތުގެ އުޖޫރަ: -/2000 (ދެހާސް ރުފިޔާ) މަހަކު ފައިސާ ދެވޭނީ ހިސާބުތައް ނެގުމަށްފަހު ފޯމުތައް މެރިން ރިސަރޗް ސެންޓަރަށް ލިބުމުން. ފައިސާ ޖަމާކުރެވޭނީ މަސައްކަތްކުރާ ފަރާތުގެ އެކައުންޓަށް.
ހުށަހަޅަންޖެހޭ ތަކެތި: މަސައްކަތަށް އެދި ހުށަހަޅާ ސިޓީ، ވަނަވަރު އަދި ތައުލީމީ ސެޓުފިކެޓުތައް
ވަޒީފާއެއްގައި އުޅޭ މުވައްޒަފެއް މި މަސައްކަތަށް ކުރިމަތިލާނަމަ ކުންފުނީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 2242-332 އަށް ގުޅުއްވުން އެދެމެވެ.