މަސައްކަތް
ނަންބަރު: MNU-CA-PR/2016/111
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 28 އޭޕްރިލް 2016 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވާރޓިކަލް ބްލައިންޑްސް ހަރުކުރުން

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގދ. ތިނަދޫ ކެމްޕަހުގައި ހަދާ އިމާރާތެއްގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު MNU-CA-PR/2016/89 (03 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި ފުށުއެރުންތަކެއް ހުރުމާއެކު އެ އިޢުލާނު ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ ގދ.ތިނަދޫ ކެމްޕަސް އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތުކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 14:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައާއި ގދ. ތިނަދޫ ކެމްޕަސްގައެވެ.

14 ރަޖަބު 1437

21 އޭޕްރިލް 2016