ދިވެހިރާއްޖެ
މަޤާމު: އޮފިސަރ
ޑިޕާޓްމަންޓް: ކަސްޓަމަރ ސަރވިސް ސެންޓަރ
މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: މިމަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި އާސަންދަ ކުންފުނީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ތަފާތު މަސައްކަތްތަކާއި، "ހުސްނުވާ އާސަންދަ" ސްކީމުގެ ދަށުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތުތައް ސާފުކޮށްދެއްވުން ހިމެނެއެވެ.
މަޤާމުގެ ޝަރުޠު:
- ޝިފްޓް ޑިއުޓީގެ މަސައްކަތް ކުރުމާއި އަދި ރޭގަނޑު ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން
- ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން
- ހެލްތު އިންޝުއަރެންސްގެ ދާއިރާއަކުން މަދުވެގެން ދެ އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
- އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
- ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން
- ހޭލުންތެރިކުރުމުގެ ޕޮރްގްރާމްތަކާއި އަދި އެހެނިހެން ކެމްޕޭންތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން
ވަޒީފާގެ ޒިންމާތައް:
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމާއި، މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި، އަދި ޚިދުމަތް ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން
- ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި އަދި ހަމަޖެހިފައިވާ އުސޫލުން ޚިދުމަތްދިނުން
- ހުށަހެޅޭ ކޭސްތަކާ ގުޅިގެން "ހުސްނުވާ އާސަންދަ" ސްކީމުގެ ދަށުން އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކާއެކު މަޝްވަރާކުރުމާއި ހުއްދަ ހޯދުމާއި އަދި ފަރުވާ ލިބޭނެކަމުގެ ލިޔުން ހަވާލުކުރުން
- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ހުރުމާއި އަދި ލިބިފައިވާ މަޢުލޫމާތު އަލީގައި ގޮތް ނިންމުން
- ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ރާއްޖެއިން ބޭރުގައި ތިއްބަވާ ކުންފުނީގެ މުވައްޒަފުންނާ ގުޅިގެން ހައްލުކުރުން
- ޓެލެފޯން ޒަރީޢާއިންނާއި އަދި މެއިލް މެދުވެރިކޮށް ކޭސްތަކާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިނުމާއި އަދި އިތުރު މައްސަލައެއްވާނަމަ، މައްސަލައިގެ ތަފުސީލު ހޯދުމާއި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިނުން
- އިމަރޖެންސީގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ އިންތިޒާމުތައް މެޑިކަލް ޓީމާއި، އޭވިއޭޝަން އޮފީސް އަދި ސީ-އެމްބިޔުލަންސް މެދުވެރިކޮށް ހަމަޖެއްސުން
- ކުންފުނީގެ މަސައްކަތާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 28 އެޕްރީލް 2016 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ބަލައެއް ނުގަނެވޭނެއެވެ.
އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.