މަސައްކަތް
ނަންބަރު: (IUL)459-A/1/2016/46
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި:
27 އޭޕްރިލް 2016 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަކުދިންގެ ދުވަހުގެ ޖަލްސާއަށް ހޯލު ތައްޔާރުކޮށް ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޖަލްސާއަށް ހޯލު ތައްޔާރުކޮށް، ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 3 މޭ 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
14 ރަޖަބު 1437
21 އޭޕްރިލް 2016