ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)177-HR/1/2016/54
ޕަބްލިޝްކުރި ތާރީޚް: 20 އެޕްރީލް 2016
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 27 އެޕްރީލް 2016 15:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ ޕްރޮގްރާމް އޮފިސަރ  

މުސާރަ: -/6295 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް/ އައި.ޓީ

ޝަރުޠު:

1- ކޮމްޕިއުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް

ހާސިލުކޮށްފައިވުމާއެކު، ކޮމްޕިއުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ކޮމްޕިއުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް

ހާސިލުކޮށްފައިވުމާއެކު، ކޮމްޕިއުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3- ކޮމްޕިއުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް

ހާސިލުކޮށްފައިވުން.

ނުވަތަ

4- ކޮމްޕިއުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް

ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- މިނިސްޓްރީގެ ސަރވަރ އާއި ނެޓްވޯކް އަށް ދިމާވާ މައްސަލަތައް ވަކި ވަކިން ބަލާ ހައްލުކުރުން.

2- ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން އީ ގަވަރމަންޓް ސިސްޓަމް މިނިސްޓްރީގައި ބެލެހެއްޓުން

3- ނެޓްވޯކް ތެރޭގައި ހިމެނޭ ނެޓްވޯކް ސަރވަރތައް ބެލެހެއްޓުން.

4- މިނިސްޓްރީގެ ވެބްސައިޓް އަޕްލޯޑް ކުރުމުގައި މީޑިއަރ ސެކްޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

5- އެހެން އިމާރާތްތަކުގައި ހުންނަ މިނިސްޓްރީގެ ސެކްޝަން ތަކުގެ ކޮމްޕިޔުޓަރ އާއި ނެޓްވޯކްއަށް  މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުން.

6- އައިޓީގެ އެހެން މުވައްޒަފަކު ސަލާމުގައާއި ޗުއްޓީގައި ހުންނަ ދުވަސް ތަކުގައި އެ މުވައްޒިފަކާއި ޙަވާލު ކުރެވިފައިވާ މަސައްކަތް ކުރުން.

7- މިނިސްޓްރީގެ އިންޓްރާނެޓް އާއި ގުޅުން ހުރި މަސައްކަތް ކުރުން.

8- އައި.ޓީ ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.

9- މިނިސްޓްރީގެ ވެބްސައިޓަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ބަލައި ޙައްލުކުރުން.

10- މިނިސްޓްރީގެ ބޭނުންވާ ވެބްސައިޓް / ސޮފްޓްވެއަރ ފަރުމާކުރުން.

މަޤާމުގެ ނަން:  ކޮމްޕިޔުޓަރ ޓެކްނީޝަން

މުސާރަ:  5610.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް/ އައި.ޓީ

ޝަރުޠު:

2- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،

އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،

ޕްރޮގްރާމިންގ ނުވަތަ ސޮފްޓްވެއަރގެ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- މިނިސްޓްރީގެ ސަރވަރއާއި ނެޓްވާރކަށް ދިމާވާ މައްސަލަތައް ވަކިވަކިން ބަލައި ހައްލުކުރުން.

2- ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން އީ ގަވަރމަންޓް ސިސްޓަމް މިނިސްޓްރީގައި ބެލެހެއްޓުން

3- ނެޓްވާރކްގެ ތެރޭގައި ހިމެނޭ ނެޓްވާރކް ސަރވަރތައް ބެލެހެއްޓުން.

4- އެހެން އިމާރާތްތަކުގައި ހުންނަ މިނިސްޓްރީގެ ސެކްޝަންތަކުގެ ކޮމްޕިޔުޓަރާއި ނެޓްވާރކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުން.

5- އައިޓީގެ އެހެން މުވައްޒަފަކު ސަލާމުގައާއި ޗުއްޓީގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފަކާ ހަވާލު ކުރެވިފައިވާ މަސައްކަތް ކުރުން.

6- މިނިސްޓްރީގެ އިންޓްރާނެޓާ ގުޅުންހުރި މަސައްކަތް ކުރުން

7- އައި.ޓީ ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.

8- މިނިސްޓްރީގެ އާ ވެބްސައިޓަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ބަލައި ޙައްލުކުރުން.

ނޯޓް:

- މި މަޤާމުގެ އިންޓަރވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ

ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު
  • ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެލިޔުންތައް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި:27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް.

12 ރަޖަބު 1437

20 އެޕްރީލް 2016