ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ބައު ސާމާނު ނީލަންކިޔުން
ޏ.ފުވައްމުލަކުގައި ހުރި މިކޯޕަރޭޝަންގެ ބައެއް ބައު ސާމާނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2016/14 (12 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 އެޕްރީލް 2016 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް ޏ.ފުވައްމުލަކުގައި ހުންނަ މިކޯޕަރޭޝަންގެ ސައިޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކޯޕަރޭޝަނުން އަގު ހުށަހެޅުމަށް ހަމަޖައްސާ ތާރީޚެއްގައި އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+ ، 9609911606+
ފެކްސް ނަންބަރު: 9603317133+
12 ރަޖަބު 1437