މަސައްކަތް
ނަންބަރު: (IUL)340/340/2016/30
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 20:19
ސުންގަޑި: 26 އޭޕްރިލް 2016 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައު މާލޭން ގެނެސް ރަސްދޫ ބަނދަރަށް ހުސްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ރަސްދޫ ބަނދަރުގައި އަތުރާ ގައު މާލޭން ގެނެސްދޭނެ ފަރާތެއް ހޯދުން:

އއ. ރަސްދޫ ބަނދަރުގެ ވާޓަރާއި، ޓީޖެޓީގައި އަތުރަން ބޭނުންވާ ގައު މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މާލެއިން ގެނެސް ރަސްދޫ ބަނދަރަށް ހުސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 26 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މޭ 02 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ.ކާޑު ހުށަހަޅަންޖެހޭނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެއް ނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ ނުވަތަ ވިޔަފާރިއެއްގެ ނަމުގައިކަމަށްވާނަމަ އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.

17 އޭޕްރިލް 2016