މަސައްކަތް
ނަންބަރު: (IUL)340/340/2016/28
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 20:14
ސުންގަޑި: 26 އޭޕްރިލް 2016 12:40
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ރަސްދޫ ހުދާމިސްކިތުގެ މަތި އޭ.ސީކޮށްދޭނެ ފަރާތެއް ހޯދުން:

އއ. ރަސްދޫ ހުދާމިސްކިތުގެ މަތީބުރީގައި މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 26 ވަނަ ދުވަހުގެ 12:40 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މޭ 02 ވަނަ ދުވަހުގެ 12:40 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ.ކާޑު ހުށަހަޅަންޖެހޭނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެއް ނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ ނުވަތަ ވިޔަފާރިއެއްގެ ނަމުގައިކަމަށްވާނަމަ އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.

17 އޭޕްރިލް 2016