ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 |024
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 20:13
ސުންގަޑި: 28 އޭޕްރިލް 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހޮސްޕިޓަލް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ހޮސްޕިޓަލް އެސިސްޓެންޓް

މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ހޮސްޕިޓަލްތެރެ ސާފުކޮށް ބެލެހެއްޓުމާއި، ނަރުހުންގެ އިރުޝާދުގެދަށުން ބަލިމީހުންނަށް އެހީތެރިވުން.

މަސައްކަތްކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
  • ބުރަ މަސައްކަތް ކުރެވޭފަދަ ޞިއްޙީ ހާލަތެއްގައި ހުރި، ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

ވަޒީފާގެ ޒިންމާތައް:        

  • ހުރިހާ ވޯރޑުތަކެއް ކުނިކަހައި ފެންފޮތިލައި، ސާފުކޮށް، ފަރުނީޗަރުތަކާއި އެނދުތައް ފޮހެ، ހުރިހާ ފާޚާނާތަކާއި ސިންކުތައް ރަނގަޅަށް ދޮވެ ސާފުކުރުން.
  • ބަލިމީހުންނާއި  ޑޮކްޓަރުންނާއި، ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ވޯޑުތަކުގަޔާއި ބޭސްއަޅައިދޭ ކޮޓަރި ފަދަ ތަންތަނުގައި ބޭނުންކުރެވޭ އާލާތްތައް އޮޓޯކްލޭވް ކުރުމަށް ގެންގޮސް ގެނައުން.
  • ވޯޑުގައި ހުންނަ ބަލިމީހުންނަށް ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުން.
  • ވޯޑުތަކުގައި ހަލާކުވެފަ ހުންނަ ތަކެއްޗާއި ތަންތަން، ވޯޑު އިންޗާޖަށް އެންގުން.
  • ނަރުހުން ނުވަތަ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ބަލިމީހުން އުފުލައި، ބޭނުންވާ އެހީތެރިކަން ދިނުން.
  • ވަޒީފާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން

ނޯޓް: މި މަޤާމަށް މުވައްޒަފުން ހަމަޖެއްސުމުގައި ފިރިހެނުންނަށް އިސްކަންދެވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 2016 އެޕްރީލް 28 ވަނަ ދުވަހުގެ މެންދުރު 12:00

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ސީވީ.
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުވެސް ބަލައެއް ނުގަނަވޭނެއެވެ.

އިންޓަވިއު:

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ރަޖަބު 1437

21 އޭޕްރިލް 2016