ދެންނެވުން
ނަންބަރު: (IUL) 182-MTG/2016/142
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 18:11
ސުންގަޑި: 03 މޭ 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
650mg ކެލްވިން ޓެބްލެޓް (ބެޗް: T-845) ވިއްކުން މަނާކުރުން

އިޢުލާން

ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ބޭސް ޓެސްޓް ކުރުމުގެ މަސައްކަތް މި އޮތޯރިޓީން ވަނީ ފަށާފައެވެ. ނޭޝަނަލް ހެލްތު ލެބޯޓްރީން ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ނެގި ސާމްޕަލްތަކުގެ ތެރެއިން ތިރީގައިވާ ބޭހުގެ ޕެކިންގައި މެނުފެކްޗަރިން ޑިފެކްޓާއި ސްޓްރިޕްތަކުގެ ކުލަ ތަފާތުކަން ވަނީ ފާހަގަ ކުރެވިފައެވެ. 

ވީމާ، Tablet Kelvin 650mg batch No. T-845 ގެ ރައްކައުތެރިކަމާ މެދު ޝައްކު އުފެދޭތީ، މި ބޭހުގެ ދެންނެވިފައިވާ ބެޗް، ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއްކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  1. Brand Name: Kelvin – 650

        Generic Name: Paracetamol 650mg

Strength: 650 mg

Batch no: T-845

Manufacturer: Leben Laboratories, India

އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ނަމްބަރ 3014316 އިން  ލިބިވަޑައިގަންނަވާނެއެވެ.

13 ރަޖަބު 1437
20 އޭޕްރިލް 2016