ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: 4 /2016 /1/IUL)459-A) އިޢުލާން ބާޠިލުކޮށް، މި މިނިސްޓްރީއަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ ވިއްކަވަން ބޭނުންފުޅުވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 އެޕްރީލް 26 ވާ އަންގާރަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 2 ވާ ހޯމަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
14 ރަޖަބު 1437