މަސައްކަތް
ނަންބަރު: (IUL)226-A/PRIV/2016/9
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 17:17
ސުންގަޑި: 28 އޭޕްރިލް 2016 10:30
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ:

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަތޮޅުކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަތޮޅުކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގައިވާގޮތުން މަތީން، އާމްދަނީ ހޯދުމަށް މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން، އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް، ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ، އެ ފަރާތެއްގެ ސިޓީއާއެކު ހުށަހެޅުމުން ޤަބޫލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑުގެ އަސްލު ގެންނެވުން އެދެމެވެ.

12 ރަޖަބު 1437

19 އޭޕްރިލް 2016