މަސައްކަތް
ނަންބަރު: GS-138/IUL/2016/P3-5
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 27 އޭޕްރިލް 2016 14:30
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ފާޚާނާއެއް ޢިމާރާތްކުރުމާ ގުޅޭ:

މި ސްކޫލުގެ ނަންބަރު: GS-138/IUL/2016/P3-4 އިޢުލާނުގައިވާ ތާރީޚުގައި ޕްރީބިޑް ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

2016 ވަނަ އަހަރު މި ސްކޫލުގައި، ޕްރީސްކޫލްކުދިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ، އެ ކުދިން ބޭނުންކުރުމަށް ޚާއްޞަ ފާޚާނާއެއް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާފައިވާ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް ޢިމާރާތްކުރަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 14:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 4 މޭ 2016 ވާ ބުދަ ދުވަހުގެ 14:30 އަށް ސްކޫލް އޮފީހަށް ހާޒިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީވެސް މި ގަޑީގައެވެ.

17 އޭޕްރިލް 2016