މަޤާމުގެ ނަން: ޑިރެކްޓަރ ޖެނެރަލް
|
މުސާރަ: -/13890 ރުފިޔާ
|
ސާރވިސް އެލަވަންސް: -/2000 ރުފިޔާ
|
ރޭންކް: އީ އެކްސް 5
|
ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް
|
ބޭނުންވާ އަދަދު: 1
|
ސެކްޝަން: ޤައުމީ ކުތުބުޚާނާ
|
މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ
|
ޝަރުޠު:
- ލައިބްރަރީ/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީ/ މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ލައިބްރަރީ/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީ/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ލައިބްރަރީ/ މެނޭޖްމަންޓް މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ޤައުމީކުތުބުޚާނާ ހިންގާ ބެލެހެއްޓުން.
- ކުތުބުޚާނާތަކަށް ފަންނީ އެހީ އަދި ޓްރެއިނިންގތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން.
- ޤައުމީ ކުތުބުޚާނާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ސަރުކާރަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
- ޤައުމީ ކުތުބުޚާނާއާ ގުޅުން ހުރި ޤާނޫނުތައް ތަންފީޒުކުރުން.
- ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން.
- ލައިބްރަރީ ދާއިރާ ކުރިއަރުވާ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުން.
|
ނޯޓު:
- މި މަޤާމުގެ އިންޓަވިއު 1 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.
- ޤައުމީކުތުބުޚާނާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށާއި ލައިބްރަރީ ދާއިރާގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
|
އުޖޫރައާއި ޢިނާޔަތްތައް:
- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ އަދި ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސުންގަޑި:2016 އޭޕްރިލް 27 ވާ ބުދަ ދުވަހު 14:00 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
|
ވެބް ސައިޓް އެޑްރެސް www.youth.gov.mv
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް.
|