ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަން: |
||
ދާއިމީ |
މަޤާމުގެ ގިންތި: |
||
ޖީ. އެސް. 3 |
މަޤާމުގެ ރޭންކް: |
||
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
||
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ |
އޮފީސް/އިދާރާ: |
||
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ އޮފީސް: |
||
އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް |
ޔުނިޓް: |
||
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ |
ވަޒީފާ އަދާކުރަންޖެހޭ ރަށް: |
||
މަހަކު -/4،465 ރުފިޔާ |
މުސާރަ: |
||
މަހަކު -/1،500 ރުފިޔާ |
ސަރވިސް އެލަވަންސް: |
||
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި، ސިވިލް ސަރވިސްގެ ގަވާއިދުގައި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ މިނޫން ޢިނާޔަތްތައްވެސް ލިބޭނެއެވެ. |
އެހެނިހެން ޢިނާޔަތްތައް:
|
||
1 (އެކެއް) |
ބޭނުންވާ އަދަދު: |
||
1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް އެޑްމިނިސްޓްރޭޝަން / އިންފޯމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް / ކިޔަވައިދިނުމުގެ ދާއިރާ / ދިވެހިބަސް ނުވަތަ އިނގިރޭސިބަހުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް އެޑްމިނިސްޓްރޭޝަން / އިންފޯމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް / ކިޔަވައިދިނުމުގެ ދާއިރާ / ދިވެހިބަސް ނުވަތަ އިނގިރޭސިބަހުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ ޝަރުޠު: |
||
1- ރަށު ކައުންސިލުން ބަލަހައްޓަންޖެހޭ ބިނާތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ޙިމާޔަތްކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަތުމާއި، އެތަންތަނަށް ލިބޭ ގެއްލުމާއި މަރާމާތު ދެނެގަތުން. 2. ރަށުގައި ގެންގުޅޭ އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އަލަށް އުފެދޭ އުޅަނދުފަހަރުގެ ރަޖިސްޓްރީ ހަދައިދިނުމާއި، އޮޑީ ނަންބަރު ހޯދައިދިނުން. 3. ލިބޭ ފައިސާ ބަލައިގަތުމާއި، ފައިސާއާ ގުޅޭ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓަމުން ގެންދިޔުން. 4. މުސާރަ ހެދުމަށް ބޭނުންވާ ރިޕޯޓްތައް ހެދުމާއި، މުސާރަ ޝީޓްތައް ޗެކްކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން. 5. ޕްރޮކިޔުމަންޓުގެ މަސައްކަތް ކުރުން. 6. ބިލްތަކަށް ފައިސާ ދެއްކުމާއި، ފައިސާއާ ގުޅޭ ރެކޯޑުތައް ގަވާއިދުން ބަލަހައްޓަމުން ގެންދިޔުން. 7- ފައިސާއާ ގުޅޭ ރިޕޯޓްތައް ގަވާއިދުން ހަދައި، ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން. 8. ރަށުގެ ތަރައްޤީގެ ޕްލޭނާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ލޭންޑް ޔޫސްޕްލޭން އަހަރުން އަހަރަށް އަޕްގްރޭޑްކޮށް ބެލެހެއްޓުމާއި، އިދާރާގެ ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމުގައި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 9. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުގެ ލައިސަންސާއި، ރޯޑްވާދިނަސްއާބެހޭ ރެކޯޑްތައް ބެލެހެއްޓުމާއި، އެކަމާ ގުޅޭ އެންމެހައި މަސައްކަތް ކުރުން. 10. މި އިދާރާއިން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން ދޭންޖެހޭ ހުއްދަތައް ދިނުން. 11. އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހައްދައިދިނުމާއި، ގޯތިގޯތީގެ ކަންމުޑި، ވެރިއެއްގެ އިރުޝާދުގެދަށުން އަޅައިދިނުމާއި، ބިމުގެ އެންމެހައި މައްސަލަތައް ބެލެހެއްޓުން. 12- އުފަންވުން ރަޖިސްޓްރީކުރުމާއި، އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމާއި، އުފަންވާ ކުދިންގެ ރައްވެހިންގެ ރަޖިސްޓްރީ ހެދުމާއި، އައިޑީ ކާޑު ހެދުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި، ރަށްވެހިންގެ ރަޖިސްޓަރީތައް ބެލެހެއްޓުމާއި، އާބާދީއާއި ރަށްވެހިންގެ ރެކޯޑް ބެލެހެއްޓުން. 13- ސެކްސަނަށް ލިބޭ ސިޓީ، މެސެޖް ފަދަ ތަކެއްޗަށް ޖަވާބުދިނުމާއި، ސެކްޝަނުން ފައިލްކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ފައިލިންގ ސިސްޓަމާ އެއްގޮތަށް ފައިލްކޮށް، ސެކްސަނުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން. 14- ސެކްސަނުން މަހުންމަހަށް ހަދަންޖެހޭ ރިޕޯޓްތައް ހެދުމާއި، ކައުންސިލްގެ އަހަރީ ރިޕޯޓް ހެދުމުގައި އެހީތެރިވުން. 15- ބަޖެޓް ތައްޔާރުކުރުމުގައި ސެކްޝަނަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ދިނުމުގައި ހިނގާނެ ޚަރަދުތަކުގެ ތަފްސީލް ފައިނޭންސް ސެކްޝަނަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން. 16- އާބާދީއާއި، ރައްވެހިންގެ ރެކޯޑް ގަވައިދުން ބަލަހައްޓަމުންދިޔުން. 17. ޕަބްލިކް ފެންތާނގީތައް މޮނިޓަރކުރުން. 18- ރަށުގައި ރަޖިސްޓްރީކޮށްފައިވާ އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަނާއި ބިންތަކުން ކައުންސިލަށް ބަރާބަރަށް ފީދައްކަމުންދޭތޯ ބެލުން. 19- ފަތުރުވެރިކަމުގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 20- މަސައްކަތާ ގުޅޭގޮތުން އޮފީހުގެ ވެބްސައިޓަށް އަޕްލޯޑްކުރަންޖެހޭ ލިޔުންތައް އަޕްލޯޑްކުރުން. 21- މީގެ އިތުރުން، ދާއިރާއާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި، ޤާނޫނާއި ގަވާއިދާ ޚިލާފްނުވާ އަދި ވަޒިފާއާ ގުޅޭގޮތުން ކައުންސިލް އިދާރާއިން އަންގާ މަސައްކަތްތައް ކުރުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
||
1. ވަޒީފާގެ ޝަރުޠު: ކަނޑައެޅިފައިވާ އިންސައްތަ % 11 2. ތަޢުލީމާއި ތަމްރީނު: ކަނޑައެޅިފައިވާ އިންސައްތަ %38 3. މަސައްކަތުގެ ތަޖުރިބާ: ކަނޑައެޅިފައިވާ އިންސައްތަ: %8 4. ލިބިފައިވާ ހުނަރު: ކަނޑައެޅިފައިވާ އިންސައްތަ %43 |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް: |
||
- އިންޓަވިއުއާއި ޕްރެކްޓިކަލްސް ހެއްދުން އޮންނާނީ، 5 މޭ 2016 އާއި 10 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއާއި ޕްރެކްޓިކަލްސް ހެއްދުން އޮންނާނެ ސީދާ ދުވަސް، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް، 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ. - އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އެކަންޏެވެ. |
އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި މުއްދަތު: |
||
2016 މޭ 4 ވާ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއަށެވެ. |
އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު: |
||
1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، ރ. ވާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 3. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580074 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނީ، 6580074 ނަންބަރަށެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
އިތުރު މަޢުލޫމާތު: |
12 ރަޖަބު 1437