ވަޒީފާގެ ފުރުޞަތު
ނަންބަރު: IAS/MIS/2016-752
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 27 އޭޕްރިލް 2016 14:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެއަރޕޯޓް ސަރވިސަސް އެޖެންޓް ޓްރެއިނީ
ބޭނުންވާ އަދަދު :3

އެއަރޕޯޓް ސަރވިސަސް އެޖެންޓް ޓްރެއިނީ  (ޖޮބް ރިފަރެންސް ނަމްބަރު 43/J/2016)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުންފުނީގެ ގަވާއިދުތަކާ އެއްގޮތަށް އެއަރޕޯޓްގެ ގްރައުންޑް ހޭންޑްލިންގގެ މަސައްކަތްތަކުގެ ތެރެއިން ޗެކިންގ، ރޭމްޕް ހޭންޑްލިންގ، ބެގޭޖް ހޭންޑްލިންގ، ލޯޑް ކޮންޓްރޯލް، ޓިކެޓިންގ އަދި އެއަރޕޯޓް އެރައިވަލް އަދި ޑިޕާޗަރ ބެލެހެއްޓުން. 

ފެންވަރު ނުވަތަ ޝަރުޠު:

- ގްރޭޑް 10ގެ ފެންވަރު ހުރުމާއެކު، އިނގިރޭސި އަދި ހިސާބު ޢިލްމުން ދަށްވެގެން ސީ ފާސްލިބިފައިވުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

- މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭ މިހެއްކަމުގައި ވުން.

- މި މަޤާމަށް މީހުން ހޮވުމުގައި މި މަޤާމާ ގުޅޭ ދާއިރާއަކުން އިތުރު ތަމްރީނެއް ނުވަތަ ސަނަދެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިފުރު އެއަރޕޯޓް / ރ.އިފުރު

މަޤާމް :ސްޓޭޝަން ހޭންޑް ޓްރެއިނީ
ބޭނުންވާ އަދަދު :1

ސްޓޭޝަން ހޭންޑް ޓްރެއިނީ  (ޖޮބް ރިފަރެންސް ނަމްބަރު 2016/44/J)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: އެއަރޕޯޓް އޮފީސް ސާފުކޮށް ބެލެހެއްޓުން، އޮފީހަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުމާއި އަދި ދާގީނާ ބޯޓަށް އެރުވުމާއި ބޭލުން.

ފެންވަރު ނުވަތަ ޝަރުތު:

- ގްރޭޑް 8 ގެ ފެންވަރު ހުރުމާއެކު އިނގިރޭސި ބަހުން ލިޔަންކިޔަން އެނގުން.

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

- މި މަޤާމަށް މީހަކު ހޮވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓެގަރީ ބީ 1 އަދި ސީ 1 ހޯދާފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިފުރު އެއަރޕޯޓް / ރ.އިފުރު

މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، 2016 އެޕްރީލް 27 ވާ ބުދަަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް 

އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް

މ. ރާވެރިގެ، މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806    

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aero އެވެ. އަދި މި ވަޒީފާއާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންސް ޑިސްކޮލިފައި ވާނެ ވާހަކަ ދެންނެވީމެވެ. އަދި މި ވަޒީފާއަށް މީހުން ހޮވުމަށް ގުޅާނީ ހަމައެކަނި ޝޯރޓްލިސްޓެޑް ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. 

12 ރަޖަބު 1437

 

20 އޭޕްރިލް 2016