މަސައްކަތް
ނަންބަރު: (IUL)416-ESMSPR/416/2016/36
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 28 އޭޕްރިލް 2016 13:15
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުގެ ކުޑަދޮރުތައް އެލްމިނިއަމް ކުޑަދޮރުތަކަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި އިދާރާގެ ނަންބަރު: (IUL)416-ESMSPR/416/2016/29 (04 އެޕްރީލް 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ކައުންސިލުން ދޭ މަޢުލޫމާތާއި، ކުރެހުމާ އެއްގޮތަށް ކައުންސިލުގެ ކުޑަދޮރުތައް އެލްމިނިއަމް ކުޑަދޮރުތަކަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މި އިދާރާއަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

ވަގުތު

ދުވަސް

ތާރީޚު

 

13:15

ބުރާސްފަތި

28 އެޕްރީލް 2016

މަޢުލޫމާތު ސާފުކުރުން

13:00

އަންގާރަ

03 މޭ 2016

އަންދާސީހިސާބު ހުށަހެޅުން

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 އޭޕްރިލް 2016