މަސައްކަތް
ނަންބަރު: 405-A/2016/20
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 25 އޭޕްރިލް 2016 10:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައި ގަސްތަކާއި ވިނަގަނޑު ހަލާކުވާ ޒާތުގެ ގަސްތައް ނަގައި އެތަންތަނަށް ވެލި އަޅައި އެއްވަރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ހައްދުންމަތީ ކުނަހަންދޫ ފުޓްބޯޅުދަނޑުގައިވާ ހައިގަސްތައް ނަގައި ވެލި އަޅައި އެއްވަރުކުރުމަށް ކުރި ނަންބަރު 405-A/2016/13 (2016.2.06) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަންނާންނާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ކުނަހަންދޫ ފުޓުބޯޅުދަނޑުގައި ހެދިފައިވާ ހައިގަސްތަކާއި ވިނަގަނޑު ހަލާކުވާ ޒާތުގެ ގަސްތައް ނަގައި އެތަންތަނަށް ވެލިއަޅައި އެއްވަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސް ދޫކުރުން އޮންނާނީ 2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 10.00 ގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 10.00 ގައެވެ. މަޢުލޫމާތުކަރުދާސް ބައްލަވައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. ހުށަހަޅުއްވާ އަންދާސީހިސާބުގައި މަސައްކަތްކޮށްދޭނެ އަގު، ހިސާބު އަދަދުން ޖެއްސެވުމަށްފަހު ތާނައިން ލިޔުއްވާފައި އޮންނަންވާނެއެވެ. އަދި ތިން ފަރާތަށްވުރެ މަދުން އަންދާސީހިސާބު ހުށަހަޅުއްވައިފިނަމަ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016