މަސައްކަތް
ނަންބަރު: (IUL)299/299/2016/27
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 04 މޭ 2016 11:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ މަސައްކަތް ކޮށްދިނުމަށް

އިޢުލާން

ރ.ވާދޫގައި ބަށިކޯޓެއް އެޅުމާގުޅޭ

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ރ.ވާދޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 04 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިމަސައްކަތް ކުރުމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 18/2014) ގެ ދަށުން މިފަދަ މަސައްކަތް ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓަރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

13 ރަޖަބު 1437

20 އޭޕްރިލް 2016