ކުއްޔަށް ހިފުން
ނަންބަރު: IAS/MIS/2016/749
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 26 އޭޕްރިލް 2016 14:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
އެޕާޓްމަންޓެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ކުންފުނީގެ ބޭނުމަށް އެޕާޓްމަންޓެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވޭ ބައްދަލުވުން 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 14:00 ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ.ރާވެރިގެ (މަޖީދީމަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 3 މެއި 2016 ވާ އަންގާރަ ދުވަހުގެ 14:00 ގައި މި އޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާންކުރެވިފައިވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

12 ރަޖަބު 1437

19 އޭޕްރިލް 2016