ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IAS/MIS/2016/751
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 26 އޭޕްރިލް 2016 15:30
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ލައިޓްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ލައިޓްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވޭ ބައްދަލުވުން 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 15:30 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ (މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 3 މޭ 2016 ވާ އަންގާރަ ދުވަހުގެ 15:30 ގައި މި އޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާންކުރެވިފައިވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

12 ރަޖަބު 1437

19 އޭޕްރިލް 2016