ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IAS/MIS/2016/748
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 26 އޭޕްރިލް 2016 13:30
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
އިންފްލައިޓް އެންޓަރޓެއިންމެންޓް ސިސްޓަމްގައި ބޭނުންކުރާ ވީޑިއޯ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކުންފުނީގެ ފްލައިޓްތަކުގެ އިންފްލައިޓް އެންޓަރޓެއިންމެންޓް ސިސްޓަމުގައި ބޭނުންކުރާ ވީޑިއޯ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވޭ ބައްދަލުވުން 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:30 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ (މަޖީދީ މަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 3 މޭ 2016 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި އޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާންކުރެވިފައިވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

12 ރަޖަބު 1437

19 އޭޕްރިލް 2016