ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގުރޭޑް 1
މުސާރަ: މަހަކު -/7،035 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ތުރާކުނު މަދަރުސާ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ޚަރަދުތަކެއް ކުރަމުންގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
- އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.
- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.
- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
- ކިޔަވައިދިނުމާ ސީދާ ގުޅުމެއް ނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކުގެ އެންމެހައި ކަންތައް ބެލެހެއްޓުން.
- ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއެކު ބެލެހެއްޓުން.
- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން.
މަޤާމުގެ ޝަރުޠު:
1. އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ސްކޫލް މެނޭޖްމެންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ސްކޫލް މެނޭޖްމެންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ސްކޫލް މެނޭޖްމެންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
4. އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ސްކޫލް މެނޭޖްމެންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
5. އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ސްކޫލް މެނޭޖްމެންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.
އިންޓަވިއު ކުރުން:
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތާއި ތަނެއް އަންގާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ރަސްމީގަޑީގައި މި މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށްހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ގަޑީގައި، ތުރާކުނު މަދަރުސާގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 3 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6500547 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
11 ރަޖަބު 1437