މަސައްކަތް
ނަންބަރު: (IUL)335-AS/335/2016/24
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 27 އޭޕްރިލް 2016 10:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލާއި އެކޮމޮޑޭޝަން ބްލޮކް ޢިމާރާތުގެ އެތެރެއާއި ގޯތިތެރޭގައި ސެކިއުރިޓީ ކެމެރާ ވިއުގައެއް ޤާއިމުކުރުމަށްޓަކައި، އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް

އިޢުލާން

މިރަށު ޕްރީސްކޫލާއި އެކޮމޮޑޭޝަން ބްލޮކް ޢިމާރާތުގެ އެތެރެއާއި ގޯތިތެރޭގައި ސެކިއުރިޓީ ކެމެރާ ވިއުގައެއް ޤާއިމުކުރުމަށްޓަކައި، އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވުނު ނަންބަރު: އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް(IUL)335-AS/335/2016/1  ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން ރަށުގެ ބަނދަރާއި މުހިންމު ސަރަޙައްދު އަދި މިއިދާރާގެ ބެލުމުގެ ދަށުގައި ހިމެނޭ ރައްޔިތުންގެ ބައެއް އިމާރާތްތަކުގައި ސެކިއުރިޓީ ކެމެރާ ވިއުގައެއް ޤާއިމުކުރުމަށްޓަކައި، އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ އަގުގެ އަންދާސީހިސާބެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިޢުލާނާ އެކުގައިމިވާ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއާށް ދުރުވެ މަޢުލުމާތު ސާފުކުރެއްވުމަށްފަހު 04 މޭ 2016 ވާ ބުދަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • އަންދާސީހިސާބުން އެނގެން ބޭނުންވާނެ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ތަކެތި:

1- މަސައްކަތް ކޮށްދެވޭނެ އެންމެކުޑައަގު:

2- މަސައްކަތް ފަށާ ނިންމާނެ ތާރީޚު:

3- ވޮރަންޓީގެ މުއްދަތު:

4- މިފަދަ މަސައްކަތްތަކުގެ މީގެ ކުރީގެ ތަޖުރިބާ:

5- އަމިއްލަ ފަރާތްތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ:

6- ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ:

ދާއިރާ

މާކްސް ދެވޭނެ އަގު

ތަފުސީލު

ފޯމިއުލަރ

އަގު

80%

ޚިދުމަތުގެ އަގަށްދެވޭ މާކްސް:

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެންމެމަތީ މާކްސް ލިބޭނީ އެންމެކުޑަ އަގަށެވެ.

(Benchmark Price/ Submitted Price) x Allocate percentage

 

މުއްދަތު

10%

މުއްދަތަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/ Submitted number of days) x Allocate percentage

 

ވޮރަންޓީ

10%

ވޮރަންޓިއަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ވޮރަންޓީގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށެވެ.

(Benchmark Term/ Submitted Term) x Allocate percentage

 

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު 6642024 ފޯނަށް ގުޅުއްވުން އެދެމެވެ.

05 ރަޖަބު 1437

12 އޭޕްރިލް 2016