ޢާންމު މަޢުލޫމާތު
ނަންބަރު: 371-B2/2016/21
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި:
25 އޭޕްރިލް 2016 14:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް
އިޢުލާން
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މިރަށުގައި ޤާއިމުކުރެވޭ ފުޓްސަލްދަނޑު އެޅުމަށް ހަމަޖެހިފައިވާ ބިލެތްދޫ އަންހެނުން މަގާއި، އަނބޯފަންނު ހިނގުމާ ދެމެދުގައިވާ 158X95 ފޫޓު ބިމަށް އަރާ ރުއްގަހުގެ މަޢުލޫމާތު ސާފުކުރަން ބޭނުންވެއްޖެއެވެ. މި ރުއްގަހުގައި ފިޔާތޮށި ކުލައިގެ ދަވާދުން ނީލަން ނަންބަރު 01 ން 30 އަށް ޖަހާފައި ހުންނާނެއެވެ.
ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން އެސަރަޙައްދަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ސާފުނުވާ ރުއްގަސް ހުރިނަމަ އެއީ ރައްޔިތުންގެ މާލިއްޔަތުގެ ރުއްގަސްކަމަށް ބަލައި ނީލަމުގައި ވިއްކާލައި ނައްތާލެވޭނެއެވެ.
13 އޭޕްރިލް 2016