ދިވެހިރާއްޖެ
އިޢުލާން
ބަނދަރުގެ ސިޑިތަކުގައި ޗެންޗޭނު ޖެހުން:
މި ރަށުގައި ހަދަމުންގެންދާ ބަނދަރުގެ ސިޑިތަކުގައި އަމިއްލަ ތަކެތީގައި ޗެންޗޭނު ޖަހައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު (IUL)311/311/2016/34 (13 އެޕްރީލް 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަކަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތުދިނުން އޮންނާނީ 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަދި އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 3 މޭ 2016 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
12 ރަޖަބު 1437