މަސައްކަތް
ނަންބަރު: GS-186/IU/2016/13
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 26 އޭޕްރިލް 2016 13:00
އިސްދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

އިސްދޫ ސްކޫލުގެ މިދަންނަވާ ތަންތަން މަރާމާތުކުރުމަށް ބޭނުންވެއްޖެ:

  • ފާޚާނާގެ ތަޅުން މަރާމާތުކުރުން (ތަޅުމުގެ މުށި ނައްޓައި މުށިޖެހުން)
  • ކުލާސްރޫމުގެ ތަޅުން މަރާމާތުކުރުން (ކުރިން އޮތް ބާ ތަޅުން ތަޅައި އަލުން ތަޅުން އެޅުމަށްފަހު މުށިޖެހުން)         

ވީމާ، މަތީގައި ދެންނެވިފައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައި މި ސްކޫލުން އެދޭގޮތަށް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ. އިސްދޫ ސްކޫލުގެ ލައިބުރަރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ލ. އިސްދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު މަސައްކަތްތައް ވަކިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

26 އެޕްރީލް 2016 ވާ (އަންގާރަ) ދުވަހުގެ 13:00 އަށް

05 މޭ 2016 ވާ (ބުރަސްފަތި) ދުވަހުގެ 13:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6800562 އާއި 7666920 ފޯނާ ގުޅުއްވުން އެދެމެވެ.

19 އޭޕްރިލް 2016