ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)232-AG/232/2016/19
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 17:34
ސުންގަޑި: 27 އޭޕްރިލް 2016 13:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފައިނޭންސް އޮފިސަރ

މަޤާމް:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ބަޖެޓް އެންޑް ފައިނޭންސް

ސެކްޝަން:

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/5،610 ރުފިޔާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

1. ރަށު ކައުންސިލްތަކުގެ މާލިއްޔަތުގެ ހިސާބުތައް ބަލައި، މޮނިޓަރކުރުން.

2. އަތޮޅު ކައުންސިލްގެ މާލިއްޔަތުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

3. ފައިސާއާ ގުޅޭގޮތުން އޮފީހުގެ ބޭނުންތަކުގައި މާލެއަށާއި އަތޮޅުގެ ރަށްރަށަށް ދިއުން.

4. ކޮންމެ އަހަރަކު އަތޮޅު ކައުންސިލުން ތައްޔާރުކުރަންޖެހޭ ބަޖެޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުމާބެހޭ އެންމެހައި މަސައްކަތްތައްކުރުވުމާއި ކުރުން.

5. ބަޖެޓާބެހޭ އެންމެހައި ކަންތައްތައް ގަވާއިދުން މުވައްޒަފުން ލައްވައި ކުރުވުމާއި އެކަން ބެލެހެއްޓުން.

6. އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަން ދޭންޖެހޭ މުސާރައާއި އެލަވަންސް މަހުން މަހަށް ދިނުމުގެ މަސައްކަތްތައް ކުރުވުމާއި އެކަން ބެލެހެއްޓުން.

7. އަތޮޅު މާލިއްޔަތުގެ އެކައުންޓްތަކުން ނަގަންޖެހޭ ފައިސާގެ ކަންތައްތަކާއި، އެކަމާބެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުން.

8. ރަށު ކައުންސިލްތަކުގެ ބަޖެޓް ބަލައި، ޗެކުކުރަން ޖެހިއްޖެނަމަ ޗެކްކުރުން.

9. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭންކުން ނަގަންޖެހޭ އެންމެހައި ފައިސާގެ ކަންތައްތައް ބެލެހެއްޓުން.

10. ފައިސާއާބެހޭ އެންމެހައި މައްސަލަތައް ލަސްނުކޮށް ނިންމަމުން ގެންދިއުން.

11. ވައުޗަރތަކުން ލިބެންވާ ފައިސާ ލިބުނުތޯ ބަލައި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.

12. މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް މި ކައުންސިލުން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އެފަރާތްތަކަށް ލިބޭތޯ ބެލުން.

13. ތިޖޫރި ގަވާއިދުން ބެލެހެއްޓުން.

14. މާލެއަތޮޅު ރަށު ކައުންސިލްތަކުގެ ފައިނޭންސް ޑިޕާރޓްމަންޓްތައް ގަވާއިދާ އެއްގޮތަށް ހިންގުމަށްޓަކައި ދޭންޖެހޭ ލަފަޔާއި އިރުޝާދުދިނުން.

15. މާލެއަތޮޅު ރަށު ކައުންސިލްތަކުގެ ފައިނޭންސް ސެކްޝަންތަކުގެ މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްތައް ކައުންސިލްތަކުގެ މަޝްވަރާއާއެކު ރާވައި ހިންގުން.

16. މާލެއަތޮޅު ރަށު ކައުންސިލްތަކުގެ ފައިސާއާބެހޭ ހިސާބުތައް ބެލެހެއްޓުމުގައި އެހީތެރިކަން ދިނުން.

17. އޮފީހަށް ބަލައިގަންނަ ފައިސާއާއި، އެ ފައިސާއާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތްތަކަށް ކަންތައް ކުރަމުން ގެންދޭތޯ ބެލުން.

18. އަތޮޅު މާލިއްޔަތާއި، ބަޖެޓްފައިސާ ފިޔަވައި ސަރުކާރުގެ އެހެން މުއްއްސަސާތަކުން އަންނަ ފައިސާގެ މައްސަލަތައް ހިންގައި ބެލެހެއްޓުވުން.

19. ކައުންސިލްގެ އެންމެހައި އާމްދަނީގެ ރެކޯޓްތައް ބެލެހެއްޓުވުން.

20. މާލެއަތޮޅު ކައުންސިލުގެ އިދާރާއަށް ލިބެންޖެހޭ އާމްދަނީތައް ހޯދުން.

21. އަތޮޅު ކައުންސިލުން ނަގާ ލޯންތައް އަދާކުރާނެ ޕްލޭންތައް ރާވައި، ފައިނޭންސް ޑިޕާޓްމަންޓުން ކުރަންޖެހޭ ކަންތައްތައް ކުރުން.

22. އަތޮޅު ކައުންސިލްގެ އެކިއެކި ޕްރޮގްރާމްތަކަށާއި، ތަރައްޤީގެ ޕްލޭންތަކަށް ހުޅުވޭ އެކިއެކި ފަންޑުގެ ކަންތައް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

- ތަޢުލީމާއި ތަމްރީނު: %49

- މަސައްކަތު ތަޖުރިބާ: %8

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަން: %43

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ފައިނޭންސް އޮފިސަރ، މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ، ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ ހެޑެއްގެ ގޮތުގައެވެ.

2- ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއިން ތަޖުރިބާ ލިފައިވުމާއި، އައިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

3- ފައިސާއާބެހޭ މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުމާއި، ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފަވުން.

މަޤާމުގެ ދާއިރާ: 

މި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެޓިކަލްސް އޮންނާނީ، 2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެރޭ 21.00 ގައި މާލެއަތޮޅު އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

2016 އެޕްރީލް 27 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސިވިލް ސަރވިސްގެ ގަވައިދުގަވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާނަމަ، އެ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6644234  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ، 6640032 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

12 ރަޖަބު 1437

19 އޭޕްރިލް 2016