ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/67
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 28 އޭޕްރިލް 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރގެ މަގާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ (ކޮންޓްރެކްޓް އުސޫލުން)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

އާއިލީ ޑޮކްޓަރުންގެ ޚިދުމަތްތައް ފެށްޓުމަށްޓަކައި ތައްޔާރުކުރެވޭ ސޮފްޓްވެއަރ ޕްރޮޖެކްޓުގައި އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -/8500 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

މަހަކު -/1650 ރުފިޔާ

ކޮންޓްރެކްޓްގެ މުއްދަތު

މީލާދީ 01 އަހަރު

އިތުރުގަޑީގެ ފައިސާ

ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރައްވާ ގަޑިއިރަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕްރޮޖެކްޓްގައި މަސައްކަތްކުރާ ޓީމަށް އެކަށީގެންވާ އިރުޝާދު ދިނުން
  • ޕްރޮޖެކްޓް ޕްލޭންތައް ރާވައި ހިންގުމާއި، މަސައްކަތް ރޭވިފައިވާގޮތަށް ކުރިއަށްދޭތޯ ބެލުން
  • މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތްތައް ބެލެހެއްޓުން
  • ޕްރޮޖެކްޓާބެހޭ ލިޔެކިޔުންތަައް ތައްޔާރުކުރުމާއި ބެލެހެއްޓުން

 

 

ތަޢުލީމާއި ތަޖުރިބާ:

 

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 5 (ޑިޕްލޮމާ) އެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 7 (ޑިގްރީ) އެއް ހާސިލުކޮށްފައިވުމާއެކު، 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

ޕްރޮޖެކްޓްތައް ރާވައި ހިންގުމުގެ ހުނަރާއި ޤާބިލުކަން ހުރި މިންވަރު

ސުޕަވައިޒްކުރުމުގެ ހުނަރު

ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ހުނަރު

މުޢާމަލާތްކުރުމުގެ ހުނަރު

ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތަށް ޤާބިލުކަންހުރި މިންވަރު

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ސެޓުފިކެޓުތަކުގެ ކޮޕީ
  4. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅުއްވަންވާނެއެވެ.
  6. ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނުކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓް އަދި ޓްރާންސްކްރިޕްޓް ހުށަހަޅުއްވަން ވާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ގުޅޭނެ ފޯން ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

 

ސުންގަޑި

2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ  ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން

ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މިހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 ، 3335343 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

11 ރަޖަބު 1437

 

18 އޭޕްރިލް 2016