ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2016/43
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 02 މޭ 2016 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ރަޖިސްޓްރަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ރަޖިސްޓްރަރ

ރޭންކް: އެސް.ޕީ 2

އަދަދު

01 (އެކެއް)

މަސައްކަތްކުރަންޖެހޭތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/13,400 ރުފިޔާ (ތޭރަ ހާސް ހަތަރު ސަތޭކަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/3000 (ތިންހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް: -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %55
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު

1- ޤާނޫނު ނަންބަރު: 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުޕީރިއާކޯޓުގެ ޤާޟީކަމުގެ މަޤާމަށް ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައި ވުމާއި، މަޤާމުގެ މަސްއޫލިއްޔާތު އަދާކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާގައި ހޭދަވީ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު އެނގޭނޭހެން)

ސުންގަޑި

02 މޭ 2016 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ. 
  • ކްރިމިނަލް ކޯޓުގެ ނަންބަރު: (10.04.2016) 145-A/2016/41 އިޢުލާނުގައި އެކަށީގެންވާ މުއްދަތެއް ދެވިފައިނުވާތީ އެއިޢުލާން ބާޠިލުކޮށްފީމެވެ.
17 އޭޕްރިލް 2016