ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/105
ޕަބްލިޝްކުރި ތާރީޚް: 18 އެޕްރީލް 2016
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 25 އެޕްރީލް 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރެފްރިޖަރޭޝަން ޓެކްނީޝަން

މަޤާމް :ރެފްރިޖަރޭޝަން ޓެކްނީޝަން
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ރެފްރިޖަރޭޝަން ޓެކްނީޝަން

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 6,936/73 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,972/88 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

23

މަޤާމުގެ ޝަރުޠު:

  1. އެމް.ކިޔޫ.އޭ ލެވެލް 5/6 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން.
  2. އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
  4. ލިބިފައިވާ ތަޢުލީމުގެ ފެންވަރުން ތަމްރީން/ކޯސްތަކަކުން އެމް.ކިޔޫ.އޭ ލެވެލް 3 ގެ ސެޓުފިކެޓެއްގެ މުއްދަތަށް މަސައްކަތާގުޅޭ ތަޢުލީމު ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މެއިންޓެނަންސް ޗާޓެއް ގަވާއިދުން ތައްޔާރުކޮށް، ޗާޓާ އެއްގޮތަށް އެއަރކޮންޑިޝަންތައް ޗެކްކޮށް ބެލެހެއްޓުން.
  • ހަލާކުވެ ނުވަތަ މަސައްކަތް ނުކުރާ އެއަރކޮންޑިޝަން، ހީޓަރު އަދި ކޫލަރުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، މިތަކެއްޗަށް މައްސަލައެއް ދިމާވޭތޯ ބެލުން.
  • އަލަށް ބަހައްޓާ އެއަރކޮންޑިޝަން އަދި ކޫލަރުތައް ތަންތަނުގައި ހަރުކޮށް ކަރަންޓް ވައިރުކޮށް ގުޅައި ހިންގުން.
  • އެއަރކޮންޑިޝަންތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ޗެކްކުރުން.
  • ލީކް ޗެކްކުރުމާއި ސްޕެއަރޕާޓްސް ބަދަލުކުރުން.
  • މަސައްކަތުގެ ފައިލާއި ރެކޯޑްސް ބަލަހައްޓައި ރިޕޯޓްތައް ތައްޔާރުކޮށް، ބޭނުންވާ ތަކެއްޗަށް ރިކްއެސްޓްކުރުން.
  • ހަރުގަނޑު އަދި ފުރާޅު ފަދަ ތަންތަނަށް އަރައި ކަރަންޓަށް ގުޅައި ތަކެތި އިންސްޓޯލް ކުރުމާއި، މަރާމާތު ކުރުމާއި، އެފަދަ ތަކެއްޗަށް އަޅާފައިވާ ވައިރިންގ މަރާމާތުކުރުން.
  • ކޮންޑިއުޓް އެޅުމަށްޓަކައި ކޭސިން ކެނޑުމާއި، މަސައްކަތުގެ ދާއިރާއިން އުފުލަންޖެހޭ ބަރުތަކެތި އުފުލުން ފަދަ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މަސައްކަތަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތުގެ އަގު ބަލައި ކުރެހުންތައް ތައްޔާރުކޮށް ހަވާލުކުރުން. އަދި އިޢުލާނުކޮށް، މަޢުލޫމާތުދީ، އަންދާސީހިސާބު ބަލައިގަނެ، މަސައްކަތް ހަވާލުކުރަންޖެހޭ ހާލަތްތަކުގައި އެކަންކަން ކުރުން.
  • ދިމާވާ އިމަރޖެންސީ (ކަރަންޓުގެ މައްސަލަ، ސްޕޮޓް، ފްލަޑްލައިޓް ލުން، އަލިފާނުގެ ހާދިސާއެއް ހިނގުން، ވެހިކަލެއް ދުއްވުން ފަދަ) ހާލަތްތަކުގައި ފުރިހަމަޔަށް އެހީތެރިވުން.
  • ޔުނިވަރސިޓީގެ އެކިއެކި ކަންކަމާ ގުޅިގެން މުވައްޒަފުން ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު).
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރެޑިޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
18 އެޕްރީލް 2016