ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ތިރީގައި ދަންނަވާފައިވާ ފިންގަރޕްރިންޓް މެޝިން މިހޮސްޕިޓަލަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 07 އެޕްރީލް 2016 ކުރި ނަންބަރު 137-IU/PR/2016/54 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
| 
 Description  | 
 Item #  | 
| 
 FingerTec TA100C-R Premier Color Fingerprint Time Attendance System with RFID Feature and PoE integrated (Device should Integrate with existing Application of IGMH)  | 
 10 Nos  | 
ހުށަހަޅަންވީ ތަކެތި
- އަންދާސީހިސާބު
 - ސަޕްލައިކޮށްދެވެނެ އަގު
 - ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
 - ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
 - ކުންފުނީގެ މައުލޫމާތު
 - ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ)
 - ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
 - ޖީ އެސް ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
 - މަސައްކަތުގެ ތަޖުރިބާގެ ލިޔުން (ނޮވެންބަރު 2014 އިން ފެށިގެން އެޕްރީލް 2016ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
 - ވޭތުވެދިޔަ ތިންމަސްދުވަހުގެ (ޖަނަވަރީ 2016 އިން މާރިޗު 2016 އަށް) ގެ އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކުގެ ތައްގަނޑު ޖަހާފައިވާ) ހުށަހަޅަންވާނެއެވެ.
 - ވޮރަންޓީ ސިޓީ – ވޮރަންޓީ ދޭ ފަރާތުން އައި.ޖީ.އެމް.އެޗަށް ވޮރަންޓީ ދޭނެކަމަށް ބަޔާންކޮށްފައިވާ ތަކެތި އުފައްދާ ފަރާތުގެ ހުއްދައިގެ ލިޔުން.
 
ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު
| 
 #  | 
 ކެޓެގަރީ  | 
 މާކްސް  | 
 މާކްސް ދެވޭ އުސޫލު  | 
| 
 1  | 
 އަގު  | 
 75  | 
 އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން  | 
| 
 2  | 
 ތަޖުރިބާ  | 
 10  | 
 މަސައްކަތާ ގުޅުންހުރި 01 ލިޔުމަށް – 2.5 މާކްސް މަސައްކަތާ ގުޅުންހުރި 02 ލިޔުމަށް – 5 މާކްސް މަސައްކަތާ ގުޅުންހުރި 03 ލިޔުމަށް – 10 މާކްސް  | 
| 
 3  | 
 މުއްދަތު  | 
 5  | 
 އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން  | 
| 
 4  | 
 މާލީ ހާލަތު  | 
 10  | 
 ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/އޮޑިޓްރިޕޯޓަށް ބަލާފައި  | 
އަންދާސީހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަަލަށް ފިންގަރޕްރިންޓް މެޝިން ސަޕްލައިކޮށްދިނުމާގުޅޭ އިޢުލާނުކަމާއި، އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 21 އެޕްރީލް 2016 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އެޑްމިން ބްލޮކްގެ (ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމުގައެވެ. އަދި ބިޑްތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާޠިލުކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތް ދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
11 ރަޖަބު 1437