ވަޒީފާގެ ފުރުޞަތު
ނަންބަރު: 374-C /2016/33
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 25 އޭޕްރިލް 2016 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޭލްސްމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއަށް ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ސޭލްސްމަން   

މުސާރަ:

މަހަކު -/3700 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ނިލަންދޫ ރައްޔިތުންގެ މުއައްސަސާ (ތެޔޮ ފިހާރަ)

 

 

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  3  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. މި މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ތެޔޮ ސެންޓަރަށް ގެންނަ ތެޔޮ، ޓޭންކަށް އެޅުމުގެ ކުރިން ތެލުގެ ސާފު، ނުސާފު ބެލުމާއި، ތެލުގައި ފެންހުރިތޯ ބަލައި ރަނގަޅު ތެޔޮ ޓޭންކަށް އެޅުން.

2. ތެޔޮ ސެންޓަރުން ވިއްކާ ހުރިހާ ބާވަތެއްގެ ތެލުގެ ސްޓޮކް ވަކިން ބެލެހެއްޓުމާއި، ތެޔޮ ހުސްވުމުގެކުރިން ތެޔޮ ގެނެވޭނެ މުއްދަތު އޮއްވައި، ތެޔޮފިހާރަ ހިންގަން ހުންނަ ވެރިއަކަށް ދެންނެވުމާއި، އިންޖީނުގެއަށް 15 ދުވަހަށް ބޭނުންވާވަރަށް ތެޔޮ ބެހެއްޓުމާއި، ތެޔޮ މަދުވުމުން، ވެރިންގެ މަޝްވަރާއާއެކު ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކުން.

3. ޓޭންކުތަކަށް ތެޔޮއެޅުމުން، ތެލުގެ ޑެލިވަރީ ނޯޓް ހޯދައި، ތެލާ ހަވާލުވެ، ސޮއިކޮށް،  އެޑްމިނިސްޓްރޭޓިވް އޮފިސަރާ ޑެލިވަރީ ނޯޓް ހަވާލުކުރުން.

4. ތެލުގެ އަގަށް ބަދަލުއަތުވެއްޖެކަން އެނގިއްޖެނަމަ، ތެޔޮފިހާރަ ހިންގެވުމާ ހަވާލުވެހުންނަ ވެރިއެއްގެ މަޝްވަރާއާއެކު، އައި ބަދަލާ އެއްގޮތަށް ތެލުގެ އަގަށް ބަަަލުގެނެސްގެން ނޫނީ ތެޔޮ ނުވިއްކުން.

5. ކުރެޑިޓަށް ދޫކުރެވޭ ތެޔޮ، އިދާރާއިން ދޫކުރާ ސްލިޕް ހިފަިގެން ދިއުމުން ނޫނީ ދޫނުކުރުން.

6. ރައްޔިތުންގެ މުއައްސަސާއިން ހަމަޖައްސާ އުސޫލާ އެއްގޮތްވާގޮތުގެމަތިން ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުން.

7. ތެޔޮއަޅާ ޓޭންކުތަކަށް ގެއްލުމެއް ލިބޭތޯ ބެލުމާއި، ދަބަރުޖެހިޔަނުދީ ދަވާދުލައި ބެލެހެއްޓުމާއި، ޓޭންކުގެ އެތެރެ ނުސާފުވެ ތެޔޮ ހަޑިވާކަން އެނގިއްޖެނަމަ މިނެގެން ތެޔޮ ބޭރުކުރުމާއި، އެފަދަ ތެޔޮވެސް ސުޓޮކުން އުނިކުރުން.

8. ތެޔޮސެންޓަރުގައި ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ރައްޔިތުންގެ މާލިއްޔަތުގެ ކާށީގެ އެރިނަގައި ކާށީގެ ހިސާބު ބެލެހެއްޓުމާއި ދެހަފްތާއިން އެއްހަފްތާގައި ކާށި ވިއްކުން.

9. ރަށު ކައުންސިލްގެ ފަރާތުން ރާވާއި އިންތިޒާމްކުރާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

10. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް، ފިހާރަޔާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ތައްތައްތައް:

 

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމުގެ ސިފަތައް.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށްވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، "ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ފ. ނިލަންދޫ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި، ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 އެޕްރީލް 27 ވާ ބުދަަ ދުވަހުން  ފެށިގެން  ފ.  ނިލަންދޫ  ކައުންސިލް  އިދާރާގެ  ޖަލްސާކުރާ  މާލަމުގައެވެ. ވީމާ، އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެގެން ރަށުގައި ތިބުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން އެލަވަންސާއި ދަތުރު އެލަވަންސް.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.

6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ފ. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރައިގެ މަސައްކަތު މީހެއްގެ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ/އިދާރާގެ ލިޔުމެއް (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން/އިދާރާއިން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

8. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލު އެނގޭނޭ ލިޔުން (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)

 

 

އެހެނިހެން ކަންތައްތައް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމުގައި ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ ކުރިމަތިލާފައިވާ ފަރާތްތަކުން އެންމެ ރަނގަޅު ފަރާތެއް ހަމަޖެއްސޭނެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހެއްނަމަ މުސާރަ ދެވޭނީ މަޤާމުގެ މުސާރައިގެ % 85 އަށް ވާ މިންވަރަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ފ. ނިލަންދޫ ކައުންސިލް އިދާރާގެ 6740016 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740598 އެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ.

10 ރަޖަބު 1437

17 އޭޕްރިލް 2016