ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2016/21
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި:
21 އޭޕްރިލް 2016 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ. އަތޮޅު ފަޅުރަށްރަށުގެ ބިޑް ފޯމު ބަލައިގަތުން
އިޢުލާން
ބ. އަތޮޅު ފަޅުރަށްރަށުގެ ބިޑް ފޯމު ބަލައިގަތުން
މި މިނިސްޓްރީގެ ނަންބަރު (IUL)30-E/30/2016/11 (14 މާރިޗު 2016) އިޢުލާނާއި، ނަންބަރު (IUL)30-E/30/2016/15 (16 މާރިޗު 2016) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
ވަރުވާއަށް ދޫކުރުމަށްޓަކައި މި މިނިސްޓްރީން ފުރުޞަތު ހުޅުވާލާފައިވާ ބ. އަތޮޅުގެ ފަޅުރަށްރަށުގެ ބިޑް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 10:00 ގައި، ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައެވެ.
ބިޑް ފޯމު ހުށަހަޅުއްވާއިރު، ޕްރޮސެސިންގ ފީ ދެއްކި ރަސީދުގެ ކޮޕީ ގެންނަވަންވާނެއެވެ.
7 ރަޖަބު 1437
14 އޭޕްރިލް 2016