ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/102
ޕަބްލިޝްކުރި ތާރީޚް: 18 އެޕްރީލް 2016
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 25 އެޕްރީލް 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މެއިންޓެނަންސް އޮފިސަރ

މަޤާމް :މެއިންޓެނަންސް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

 

ވަޒީފާގެ ފުރުޞަތު 

މަޤާމު:

މެއިންޓެނަންސް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 5,778/10 ރ

ސަރވިސް އެލަވަންސް:

މަހަކު 2,476/33 ރ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް އެޑިޔުކޭޝަން

 

 

ސްޕައިން ޕޮއިންޓް:

17

ގުރޭޑް:

4

 

މަޤާމުގެ ޝަރުޠު:

 

1. ސެޓުފިކެޓު ލެވެލް 5/6 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން.

2. ސެޓުފިކެޓު ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،

3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ

(ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން. ނުވަތަ،

4. ލިބިފައިވާ ތަޢުލީމުގެ ފެންވަރުން ތަމްރީން/ކޯސްތަކަކުން ލެވެލް 3 ގެ ސެޓުފިކެޓެއްގެ މުއްދަތަށް މަސައްކަތާގުޅޭ

ތަޢުލީމު ހޯދާފައިވުން. ނުވަތަ،

5.މަސައްކަތާ ގުޅޭ ހުނަރު ލިބިފައިވުމާއެކު 3 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުމާއެކު،

އަދި ތަޢުލީމާއި ހުނަރު ބެލުމަށް ދެވޭ ޓެސްޓަކުން ފާސްވުން.

މެއިންޓެނަންސް އޮފިސަރުގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރުގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމު:

އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

ބޭނުންވާ އަދަދު:

01

 

މުސާރަ:

މަހަކު 5,604/76 ރ

ސަރވިސް އެލަވަންސް:

މަހަކު 2,402/04 ރ

 

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް އެޑިޔުކޭޝަން

 

 

ސްޕައިން ޕޮއިންޓް:

16

ގުރޭޑް:

3

 

މަޤާމުގެ ޝަރުޠު:

1. ސެޓުފިކެޓު ލެވެލް 3ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،

2. ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓުފިކެޓު ލެވެލް 2ގެ ސެޓުފިކެޓަށްފަހު 1 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ

ދާއިރާއިން ލިބިފައިވުން. ނުވަތަ،

3. ލިބިފައިވާ ތަޢުލީމުގެ ފެންވަރުން ތަމްރީން/ކޯސްތަކަކުން ލެވެލް 2 ގެ ސެޓުފިކެޓެއްގެ މުއްދަތަށް މަސައްކަތާގުޅޭ

ތައުލީމު ނުވަތަ ހުނަރު ލިބިފައިވުމާއެކު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1. އެއަރކޯންތައް ސަރވިސްކުރުމުގެ މަސައްކަތްތައްކުރުން.

2. ކަރަންޓުގެ މަރާމާތު ކަންތައްތައް ކުރުވުން.

3. ތަނުގެ ފާޚާނާތަކާއި ފަރުނީޗަރުތަކަށް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި

ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން.

(އަމިއްލައަށް ކުރެވޭ ނުކުރެވޭ މަސައްކަތްތައް ނިންމާނީ ތަނުގެ ކަމާބެހޭ އިސް މުވައްޒަފެވެ.)

4. މެއިންޓެނަންސާގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި

ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.

ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.

5. ކޮންޓްރެކްޓް މަސައްކަތަށް ހަވާލުކުރެވިފައިވާ މެއިންޓެނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ

ރިޕޯޓު ފުރިހަމަކުރުން.

6. މަތީގައި ދެންނެވިފައިވާ ކަންތައްތަކުގެ އިތުރުން ފެކަލްޓީގައި ކުރަންޖެހޭ މެއިންޓެނަންސާގުޅޭ އެންމެހާ މަސައްކަތްތައްކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފުކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ

ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް

ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް

ޢަމަލެއްނުކުރާނެއެވެ.

  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ

ފަރާތްތަކާ އެކަންޏެވެ.

  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓްކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް

ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.

 

ސިޓީ ފޮނުވަންވީ ތާރީޚު:   

25 އެޕްރީލް 2016 ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
  •  އީމެއިލް ކުރައްވާނީ [email protected]
18 އެޕްރީލް 2016