މަސައްކަތް
ނަންބަރު: (IUL)56-CAS/1/2016/09
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 28 އޭޕްރިލް 2016 11:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
2 ފޮޓޯކޮޕީމެޝިން ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިކުތުބުޚާނާގައި ބޭނުންކުރާ ތިރީގައި މިދަންނަވާ 2 ފޮޓޯކޮޕީމެޝިން ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (29.03.2016) 56-CAS/1/2016/08 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

01 ފޮޓޯކޮޕީމެޝިން (Toshiba e.Studio 2505H)

01 ފޮޓޯކޮޕީމެޝިން (Toshiba e.Studio 163)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 02 ވާ ހޯމަ ދުވަހުގެ 11:00 އަށް ޤައުމީ ކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީ ކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީ ކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް)

މެދުޒިޔާރަތްމަގު، މާލެ (ސަލްޓަންޕާކުގެ އިރުއުތުރު ކަންމަތި)    

06 ރަޖަބު 1437

13 އޭޕްރިލް 2016