ކުއްޔަށް ހިފުން
ނަންބަރު: GS158/I/2016/14
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 21 އޭޕްރިލް 2016 14:00
ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

މި ސްކޫލުގައި މަސައްކަތްކުރައްވަމުންގެންދަވާ ޖައިކާ (JICA) ޓީޗަރ ހުންނެވުމަށްޓަކައި ކޮޓަރިއެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލުގައި މަސައްކަތް ކުރައްވަމުންގެންދަވާ ޖައިކާ (JICA) ޓީޗަރ ހުންނެވުމަށްޓަކައި ކޮޓަރިއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، ހުރުމާއި ކެއުން ހިމެނޭގޮތަށް ކޮޓަރިއެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން 21 އެޕްރީލް 2016 ގެ ކުރިން ޕޮއިންޓްފޯމު މި ސްކޫލުން ގެންދެވުމަށްފަހު 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ސްކޫލަށް އަގު ހުށަހެޅުއްވުން އެދެމެވެ. ގެ ހިފުމުގައި ބެލޭނީ ޕޮއިންޓްފޯމުގައި ދެވިފައިވާ މަޢުލޫމާތަށެވެ. އަދި މިއީ ޢާއިލާއެއް ދިރިއުޅޭ ގެއަކަށްވުން ވަރަށް މުހިންމެވެ.

ޕޮއިންޓްދެވޭގޮތުގެ ފޯމު ނުގެންދަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6680803 ފޯނަށް ގުޅުއްވުން އެދެމެވެ. 

07 ރަޖަބު 1437
14 އޭޕްރިލް 2016