ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-207/IUL/2016/13
ޕަބްލިޝްކުރި ތާރީޚް: 13 އެޕްރީލް 2016
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 21 އެޕްރީލް 2016 14:00
މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހުން ހޯދުން

މި ސްކޫލުގެ ނަންބަރު GS-207/IUL/2016/10 (20 މާރިޗު 2016) އިޢުލާނުން ބައެއް މައްސަލަ ފާހަގަވުމާ ގުޅިގެން އެޢިލާން ބާޠިލުކޮށް، އަލުން އެމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 

މުސާރަ: -/5020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

ސަރވިސް އެލަވަންސް: -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ވަޒީފާ އޮތް އޮފީސް: ގދ. މަޑަވެލީ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ގދ. މަޑަވެލީ ސްކޫލް

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.                                         

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ހ. ދަރިވަރުންގެ ރަޖިސްޓަރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

ށ. ދަރިވަރުންގެ ލީވިންގ ސެޓުފިކެޓުތައް ތައްޔާރުކޮށް ރިކޯޑު ބެލެހެއްޓުން.

ނ. ސްކޫލުން ބާއްވާ ބައްދަލުވުންތަކަށް ފޮނުވަންޖެހޭ ނޯޓިސް ފޮނުވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

ރ. މުވައްޒަފުންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

ބ. ސްކޫލުގައި ކުރަންޖެހޭ ތަފާސްހިސާބާ ގުޅޭ މަސައްކަތްތައް ކުރުމާއި، ރެކޯޑު ބެލެހެއްޓުން.

ޅ. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.

ކ. ޕާސަނަލް ފައިލް ބެލެހެއްޓުން.

އ. ސްޓޮކް ބެލެހެއްޓުން

ވ. އިންވެންޓްރީ ބެލެހެއްޓުން.

މ. މުސާރަޝީޓު ތައްޔާރުކުރުމާއި، މަހުން މަހަށް މުވައްޒަފުންނަށް މުސާރަ ދިނުން.

ފ. ސްކޫލަށް ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ދ. ބަޖެޓް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ތ. ލިބޭ މެއިލްތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ލ. އޮފީސް ހުޅުވައި ލެއްޕުން

ގ. ދަސްވާރު ޕްރޮގްރާމުގެ އިދާރީ އެންމެހާ މަސައްކަތް ކުރުން

ޏ. އޯލެވެލް އިމްތިޙާނުގެ ފޯކަލް ޕޮއިންޓުގެ އެންމެހާ މަސައްކަތް ކުރުން.

ސ. ސެޝަންތަކުގެ ސްޕަވައިޒަރުންނަށް އެހީތެރިވުން.

ޑ. ދުވަހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

ޒ. މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. ލިބިފައިވާ މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތަކާއި، ޞިއްޙީ ޤާބިލުކަން އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އިންޓަރވިއު އަދި ޕްރެކްޓިކަލް

ހ. މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަރވިއު އޮންނާނީ، މި އިޢުލާނުގައިވާ ސުންގަޑި ހަމަވާ ތާރީޚުގެ 5 ދުވަހުގެ ފަހުން ގދ. މަޑަވެލީ ސްކޫލުގައެވެ.

ށ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ނ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ހޮވޭ ފަރާތްތަކުން ޕްރެކްޓިކަލެއް ހެދުން އިންޓަރވިއުއަށްފަހު ސްކޫލުގައި އޮންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. މަޑަވެލި ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 7983090 ނަންބަރުގެ ފޯނަށް ގުޅުން އެދެމެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ 3 ފަރާތަކަށް މިވަޒީފާތައް ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި ގދ. މަޑަވެލީ ސްކޫލުގެ 7983090 ނަންބަރު ފޯނަށެވެ.

މިސްކޫލަށް މެއިލް ކުރަންޖެހޭ ތަކެތި މެއިލް ކުރައްވާނީ [email protected] އަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 ރަޖަބު 1437

13 އެޕްރީލް 2016