މަސައްކަތް
ނަންބަރު: (IUL) 438/438/2016/93
ޕަބްލިޝްކުރި ތާރީޚް: 19 އެޕްރީލް 2016
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 26 އެޕްރީލް 2016 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ.ވަންދޫއަށް 20 ޓަނުގެ ސޯޑިއަމް ބައިކާބޮނޭޓް (NaHCO3) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ބޭނުމަށް، ރ.ވަންދޫއަށް 20 ޓަނުގެ ސޯޑިއަމް ބައިކާބޮނޭޓް (NaHCO3) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ބައިވެރިވެވޭނީ 2016 އެޕްރީލް 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން އަގު (ޖީ.އެސް.ޓީ ހިމަނައިގެން)، މުއްދަތު، ކުންފުނީގެ މަޢުލޫމާތު (ރަޖިސްޓަރީގެ ކޮޕީއަކާއެކު) އަދި ތަޖުރިބާ ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ހިމެނޭގޮތަށް އަންދާސީހިސާބު ތައްޔާރުކުރެއްވުމަށްފަހު 2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419، ފެކްސް: 3018301

އީމެއިލް: [email protected]

އަންދާސީހިސާބު ހުޅުވުން އޮންނާނީ 2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި:

  • ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މިފަދަ އެހެން މަސައްކަތް ކޮށްފައިވުން
  • މިމަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ (60 ދުވަސް) ތެރޭގައި މިމަސައްކަތް ނިންމޭނެވަރުގެ ފައިނޭންޝަލް ކެޕޭސިޓީ ހުރުން
  • 60 ދުވަހަށްވުރެ ދިގު މުއްދަތެއްގައި ތަކެތި ސަޕްލައިކުރުމަށް ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިމިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ނަންބަރު 3018419 ފޯނާ ގުޅުއްވުން އެދެމެވެ.

19 އެޕްރީލް 2016