ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-RDS/1/2016/38
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 28 އޭޕްރިލް 2016 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގދ.ތިނަދޫ، ގއ.ވިލިނގިލި، ގދ.މަޑަވެލި، ގއ.ދެއްވަދޫ އަދި ގއ.ގެމަނަފުށީގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމާބެހޭ

އިޢުލާން

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ރަށްރަށުގައި ވޭސްޓް މެނޭޖް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ "ސާފު ރާއްޖެ ޒޯން 6 އަދި 7 ގައި ހިންގާ ސަރަޙައްދީ ވޭސްޓް ޓު އެނަރޖީ މަޝްރޫޢު" ގެ ދަށުން، ހުވަދުއަތޮޅު، ފުވައްމުލައް އަދި އައްޑޫސިޓީގެ ރަށްތައް ހިމެނޭގޮތަށް ސަރަޙައްދީ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް 2016 ވަނައަހަރު ވަނީ ފަށާފައެވެ.

ވީމާ، ސާފު ރާއްޖެ ޒޯން 6 އަދި 7 ގައި ހިންގާ ސަރަޙައްދީ ވޭސްޓް ޓު އެނަރޖީ މަޝްރޫޢުގެ ދަށުން ގދ.ތިނަދޫ، ގއ.ވިލިނގިލި، ގދ.މަޑަވެލި، ގއ.ދެއްވަދޫ އަދި ގއ.ގެމަނަފުށީގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓްގެ ތަފުސީލު މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • ގދ.ތިނަދޫ، ގއ.ވިލިނގިލި، ގދ.މަޑަވެލި، ގއ.ދެއްވަދޫ އަދި ގއ.ގެމަނަފުށީގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ނުވަތަ އެހެނިހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ފާއިތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ.

އަންދާސީހިސާބު އެޑްރެސް ކުރަންވީ ފަރާތް

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގދ.ތިނަދޫ، ގއ.ވިލިނގިލި، ގދ.މަޑަވެލި، ގއ.ދެއްވަދޫ އަދި ގއ.ގެމަނަފުށީގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: IUL)438-RDS/1/2016/38)

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. (www.environment.gov.mv)  

މި މަސައްކަތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެސްތަކަށް އީ-މެއިލްގެ ޒަރީޢާއިން ސުވާލުތައް ފޮނުވުމުން ޖަވާބު ލިބޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެވޭނީ 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިންނެވެ. އޭގެ ފަހުން ފޮނުވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ (20392)، ދިވެހިރާއްޖެ.

އީމެއިލް:  [email protected] , [email protected]

[email protected]                              

ވެބްސައިޓް: www.environment.gov.mv

18 އޭޕްރިލް 2016