ވަޒީފާގެ ފުރުޞަތު
ނަންބަރު: MS/HR/2016/103
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 21 އޭޕްރިލް 2016 14:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އޮތް އޮފީސް: މަޖީދިއްޔާ ސްކޫލް، މާލެ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް، މަޖީދިއްޔާ ސްކޫލް، މާލެ                       

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސްކޫލުގައި ހިންގޭ ހަރާކަތްތަކަށް، އެޑްމިނިސްޓްރޭޓަރުގެ ލަފާގެމަތިން، ގަޑިޖެހުމުގެ އެއްގަޑިއިރު ކުރިން ތަކެއްޗާއި ތަން ތައްޔާރުކުރުން.

2. އެކިއެކި ފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކާއި ކަންކަމުގެ އެގްރިމެންޓް ތައްޔާރުކޮށް، މަސައްކަތް ހަވާލުކުރުމާއި، ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ކަންކަމުގެ އެންމެހައި ލިޔެކިއުންތައް ބަލަހައްޓައި، އަޕްޑޭޓްކުރުން.

3. ކޮންމެ ދުވަހަކު އެއްފަހަރު ލޮގްކުރާފޮތް ޗެކްކޮށް، މައްސަލަތައް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅައި، ލޮގްކުރެވޭ މަސައްކަތްތައް ނިންމުން.

4. ސްކޫލުގެ ސެކިއުރިޓީގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

5. މަސައްކަތު މީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބެލުން.

6. ސްކޫލުގެ މުހިންމު ޙަފްލާތަކަށް މަސައްކަތު މީހުންގެ އެހީތެރިމަކާއެކު ތައްޔާރުކުރުން.

7. ކްލާސްރޫމްތަކާއި އެހެނިހެން ތަންތަނުގެ ބޮކިތަކާއި ފަންކާއާއި ފަރުނީޗަރުތަކުގެ ހާލަތު ބަލައި، މަރާމާތާ ގުޅޭ ކަންތައްތައް، ބަޖެޓް ސެކްޝަނާ ގުޅިގެން ކުރުން.

8. ފާޚާނާތައް ޗެކްކޮށް، އެތަންތަނާބެހޭ އޮބްޒަވޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އެޑްމިނިސްޓްރޭޓަރާ ހަވާލުކުރުން.

މަޤާމުގެ ޝަރުޠު:                

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓުން  ޑައުންލޯޑް  ކުރެވެން  ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ބަޔާން ކުރެވިފައިވާ ތަކެތި ހުށަހަޅާނީ، މަޖީދިއްޔާ ސްކޫލަށެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަޖީދިއްޔާ ސްކޫލުގެ 3320341 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

12 ރަޖަބު 1437

19 އޭޕްރިލް 2016