ކުއްޔަށް ދިނުން
ނަންބަރު: 351/2016/20
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 28 އޭޕްރިލް 2016 13:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

އދ.މަންދޫ ދެކުނުކޮޅު ތުނޑީ ސަރަޙައްދުގައި އޮތް 6.19 (ހައެއް ޕޮއިންޓް އެކެއް ނުވައެއް) ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުން:

މިކައުންސިލްގެ ނަންބަރު: 351/2016/16 (7 އެޕްރީލް 2016) އިޢުލާނުގައި ޓެލެފޯނު ނަންބަރާއި ފެކްސް ނަންބަރު ނުބައިކޮށް ޖެހިފައިވާތީ، މިކައުންސިލްގެ ނަންބަރު:351/2016/16 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް އދ. އަތޮޅު މަންދޫ ދެކުނުކޮޅު ތުނޑީ ސަރަހައްދުގައި އޮތް 6.19 (ހައެއް ޕޮއިންޓް އެކެއް ނުވައެއް) ހެކްޓަރުގެ ބިމާއި އެބިމުގައިވާ އިމާރާތްތައް 35 (ތިރީސް ފަސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، މަންދޫ ކައުންސިލްގެ ފަރާތުން ހުޅުވާލައިފީމެވެ. އެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓާ ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓާ ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާގޮތަށް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

1- ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓާ ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓާ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، މި ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 18 އެޕްރީލް 2016 އިން ފެށިގެން 27 އެޕްރީލް 2016 ދުވަހުގެ 13:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ފެށިގެން 13:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.

އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ

ގުލްސަނީމަގު

އދ. މަންދޫ / ދިވެހިރާއްޖެ

ޓެލެފޯނު ނަންބަރު: 6680052

ފެކްސް ނަންބަރު: 6680885 ، އީމެއިލް އެޑްރެސް: [email protected]

2- މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު މެދުވެރިކޮށް އދ. މަންދޫކައުންސިލް އިދާރާއަށެވެ. ބިޑު ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު އދ.މަންދޫ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

3- ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓާ ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓާ ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮތުމަކީ މައްސަލައެއް ނޫނެވެ. މާނައަކީ، ދިވެހި ރައްޔިތުން ހިއްސާވާ ނުވަތަ ބިދޭސީން ހިއްސާވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށްވެސް މި ބިޑުގައި ބައިވެރިވެވިދާނެއެވެ. ބިޑު ޑޮކިއުމަންޓް ގަންނަން ލިބޭނީ -/5000 (ފަސްހާސް) ރުފިޔާއަށެވެ. ބިޑު ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާ ދެވޭނެ ފައިސާއެއްނޫނެވެ.

4- ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅާނީ، އެފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތެއް ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުންމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ "ޕަވަރ އޮފް އެޓަރނީއެއް" އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދި ހުށަހަޅަނީ، ޕާރޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދި ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5- ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ.މަންދޫ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލް އިދާރާއިން އިޢުލާންކުރާ އެހެންތަނެއްގައި ޕްރި-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، 12 މޭ 2016 ދުވަހުގެ 13:00 ގެ ކުރިން، އދ. މަންދޫ ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލު އިދާރާއިން ކަނޑައަޅައި، އާންމުކޮށް އަންގާ އެޑްރެހަކަށެވެ.

6- ބިޑް ހުޅުވާނީ، އެ ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމުގައި، 12 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، އދ. މަންދޫ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އިޢުލާން ކުރެވޭ އެހެން ތަނެއްގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ 

                            10 ރަޖަބު 1437               

17 އޭޕްރިލް 2016