ދިވެހިރާއްޖެ
އިޢުލާން
މިމަދަރުސާގެ ހެލްތުރޫމަށް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:
މި މަދަރުސާގެ ހެލްތުރޫމަށް ބޭނުންވާ ވަސީލަތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ:2014/19) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 11.00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އެޕްރީލް 2016ވާ ބުދަ ދުވަހުގެ 11.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މި އިއުލާނާ ގުޅިގެން މި މދަރުސާއިން ކުރިން ކޮށްފައިވާ ނަންބަރު: GS48/2016/09 (31 މާރިޗު 2016) އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.
06 ރަޖަބު 1437