މަސައްކަތް
ނަންބަރު: (IUL)407/407/2016/12
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 21 އޭޕްރިލް 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރުން ޑަސްބިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް ބޭނުންވާ 6 ޑަސްބިން، ފައިބަރުން ތައްޔާރުކޮށްދިނުމާ ބެހޭ:

މިކައުންސިލް އިދާރާގެ ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް ބޭނުންވާ 6 ޑަސްބިން، ފައިބަރުން ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދަން ކުރެވުނު މި އިދާރާގެ ނަންބަރު: IUL)407/407/2016/08) އިޢުލާނަށް އެކަށީގެންވާ މިންގަނޑަށް އަންދާސީހިސާބު ހުށަހެޅިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތްކުރުމަށް އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ. އަދި މި މަސައްކަތް އިޢުލާނުކުރާތާ މިއީ 3 ވަނަފަހަރުކަންވެސް ދަންނަވަމެވެ.

ވީމާ، މި މަސައްކަތްކޮށްދޭނެ ފަރާތްތަކުން މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުމަށް އަންގައި އިޢުލާނުކުރަމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

14 އޭޕްރިލް 2016