ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2016/ 45
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 02 މޭ 2016 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑެޕިއުޓީ ޑިރެކްޓަރ

ރޭންކް: އެމް. އެސް. 4

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތްކުރަންޖެހޭ ތަން:

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ:

-/7875 ރުފިޔާ (ހަތްހާސް އަށްސަތޭކަ ހަތްދިހަފަސް ރުފިޔާ)

 

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: -/2000 (ދެހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، އެމް.އެސް. 3 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަދުވެގެން 3 އަހަރދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޖެނެރަލް އެޑްމިން، އެޗް އާރ، ބަޖެޓް އަދި ސްޓޮކް އެންޑް ޕްރޮކިއުމަންޓް ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ހިންގައި، ސުޕަވައިޒްކޮށް ބެލެހެއްޓުން.

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ www.criminalcourt.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް އެކްރެޑިޓޭޝަންބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާގައި ހޭދަވި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު އެނގޭނެހެން)

ސުންގަޑި:

2016 މޭ 2 ވަނަ ދުވަހުގެ 14:00

އިންޓަވިއު:

  • މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި މަޤާމަށް މުވައްޒަފުން ހޮވުމުގައި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016