އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޑިރެކްޓަރ
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: އީ. އެކްސް. 1 / ޑިރެކްޓަރ
އޮފީސް / އިދާރާ: ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ސެކްޝަން: -
ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް: ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ / ގދ. ވާދޫ
މުސާރަ: މަހަކު -/8،835 ރުފިޔާ
ސަރވިސް އެލެވަންސް: މަހަކު -/2000 ރުފިޔާ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޒިންމާދާރު ވެރިޔާގެގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އިސްވެ ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އިދާރާގެ އެންމެހައި ކަންކަމާ ގުޅޭގޮތުން ދިރާސާކޮށް، ކައުންސިލްގެ ރައީސަށް އަރުވަންޖެހޭ ލަފާ އެރުވުން.
- ކައުންސިލްގެ އެންމެހައި އިދާރީ ކަންކަން ބެލެހެއްޓުމާއި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒްކުރުމުގެ ކަންތައް ކުރުވުން.
- ކައުންސިލްގެ އިދާރާގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތްކޮށް، ކައުންސިލްގެ އިދާރާގެ ސްޓެރެޖިކް އެކްޝަން ޕްލޭނާއި، ކައުންސިލްގެ އިދާރާއިން ރާވާ ޕްރޮޖެކްޓްތައް އެކުލަވައިލުން.
- އިދާރާގެ އިންޓަރނަލް ޕްރޮސީޖަރތަކާއި، ރައްޔިތުންނަށް ޚިދުމަތްދިނުމަށް އެކަށައަޅަންޖެހޭ ޕްރޮސީޖާތަކާއި ގަވާއިދުތައް ކައުންސިލްގެ މަޝްވަރާއާއެކު އެކުލަވައިލުން.
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ހިންގުމަށްކުރަންޖެހޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.
- ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މުވައްޒަފުން ޢަމަލުކުރަންޖެހޭ އެހެނިހެން ގަވާއިދުތަކާއި ޢުޞޫލުތައް އިދާރާގެ މުވައްޒަފުންނަށް އަންގައިދިނުމާއި، އެކަމަށް މުވައްޒަފުން އަހުލުވެރިކުރުވުން.
- އިދާރާގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ތަމްރީންކުރުމާއި، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީ ޗެއަރކުރުން.
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވާ ގޮތެއްގެމަތިން މިސްކިތްތަކުގެ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުން.
- އިދާރާގެ މަސައްކަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދުމާއި، އެތަކެތި ބެލެހެއްޓުން.
- ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިންނާއި، ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުޞޫލުގައި ބަޔާންކޮށްފައިވާގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް، ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް:
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތައުލީމާއި ތަމްރީނު: (%30)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: (% 10)
ލިބިފައިވާ ހުނަރު
- އިންޓަވިއުއާއި ޕްރެޒެންޓޭޝަން: (%30)
- އިމްތިޙާނު (%30)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލާއި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3303648 އެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)
6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
އިންޓަވިއު، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނީ، 2016 މޭ 4 އާ 2016 މޭ 19 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި، އިންޓަވިއުއަށާއި، އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް:
- ޖުމްލަ އިންސައްތަ %35
- އިމްތިޙާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33
(% 33 ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަވިއެއް ނުކުރެވޭނެއެވެ.)
އުޖޫރައާއި ޢިނާޔަތްތައް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ނޯޓް:
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ހޮވޭ ފަރާތްތައް 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެއެވެ.
- އިމްތިޙާނުގެގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބޭ ފަރާތްތަކާ އިންޓަވިއުއެއް ނުކުރެވޭނެއެވެ.
- "މަޤާމަށް އެދޭ މީހުން ސްކްރީންކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަންކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307334 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3303648 އެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.
7 ރަޖަބު 1437 |