މަސައްކަތް
ނަންބަރު: (IUL)403-A/403/2016/42
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 20 އޭޕްރިލް 2016 13:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓު އަޅާ ބިމުގައިހުރި ރުއްގަސް ކެނޑުމާބެހޭ

އިޢުލާން

ބަށިކޯޓު އަޅާ ބިމުގައިހުރި ރުއްގަސް ކެނޑުމާބެހޭ:       

މި އިދާރާގެ ނަންބަރު: (IUL)403-A/403/2016/30 (03 މާރިޗު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެފަރާތުގެ ތަކެތިކަން ކަށަވަރުކޮށް ލިޔުމަކުން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، ބޯޅަދަނޑުގެ އުތުރުކޮޅުން މަގުގެ އުތުރުފަރާތުގައި އޮތް ބިމުގައި ފާހަގަޖަހާފައިހުރި ތިރީގައި މިދަންނަވާ ތަކެތީގެ ވެރިން، 20 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތެއްގެ ތަކެތިކަން ކަށަވަރުވާގޮތް ބަޔާންކޮށް، ބަދަލު ބޭނުންވާގޮތް އެނގޭގޮތަށް ލިޔުމަކުން އެދި މި އިދާރާއަށް އެންގެވުން އެދެމެވެ.   

2 ދިވެހިރުއް ފޯދުނު

2 ގަސް ހިރުނދު ލަކުޑިއަށް ފުދޭ

ކައުންސިލްގެ ހުއްދަނެތި އެބިމުގައި ގަވާއިދާ ޚިލާފަށް އިންދާފައިވާ އެއްވެސް އެއްޗަކަށް ބަދަލެއް ނުދެވޭނެއެވެ. އެފަދަ ތަކެތި ނުނަންގަވާހުރިނަމަ އެތަކެތި ނައްތާލެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

06 ރަޖަބު 1437

13 އޭޕްރިލް 2016