ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންގެ ނަފާ ދޯނީގައި ފައިބަރުކުރުމާއި ޑެގު ނަަގައި އަލުން ޑެގު ހަދައި ބައެއް މަރާމާތުކުރަން ބޭނުންވެގެން ކުރެވުނު ނަންބަރު: އިޢުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް (IUL)335-AS/335/2016/9 އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއާށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި އިދާރާގެ ނަންބަރު 6642024 ފޯނަށް ގުޅުއްވުން އެދެމެވެ.
05 ރަޖަބު 1437