މަސައްކަތް
ނަންބަރު: DHAH/2016/08
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 25 އޭޕްރިލް 2016 10:30
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. ހުޅުދެލީ ޞިއްޙި މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދ. ހުޅުދެލި ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް.

އަންދާސީހިސާބު ބޭނުންވެއްޖެ:

ދ. ހުޅުދެލީ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: DHAH/2016/01 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކުގައި ދ. އަތޮޅު ހޮސްޕިޓަލްގެ މީޓިންގރޫމަށް ނުވަތަ ދ. ހުޅުދެލީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

25 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް

އަންދާސީހިސާބު ހުށަހެޅުން

5 މޭ 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016