ވަޒީފާގެ ފުރުޞަތު
ނަންބަރު: TCL-HR/IUL/16/002
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 21 އޭޕްރިލް 2016 14:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރާފްޓްސްމަން (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:   ޑްރާފްޓްސްމަން (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާއާއި ކޮލިފިކޭޝަނަށް ބެލުމަށްފަހު، ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. އޮޓޯކެޑް ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މި ކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓްތައް ސާރވޭކުރުމާއި، އެއާ ގުޅުންހުރި ރިޕޯޓުތައް ތައްޔާރުކުރުން.
  2. މި ކޯޕަރޭޝަނުގެ ބިލްޑިންގުތަކާއި ޕްރޮޕަރޓީތަކުގެ އޭޒްބިލްޓް ކުރެހުންތައް ތައްޔާރުކުރުން.
  3. މި ކޯޕަރޭޝަނުން ހިންގާ އެންމެހައި ޕްރޮޖެކްޓުތައް ޑިޒައިންކޮށް ތައްޔާރުކުރުން.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ހުށަހަޅާ އެޕްލިކޭޝަން ފޯމު ބަލައެއް ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ޓީ.ސީ.އެލް ގެ މައި އޮފީހުން ލިބެން ހުންނާނެ)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަވިއު ކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3307514 އެވެ.

7 ރަޖަބު 1437

 

14 އޭޕްރިލް 2016